ކާބޯތަކެތި އަގުހެޔޮކޮށް ގަތުމަށް މިއަހަރުވެސް ދާންވީ ހެޕީ މާކެޓަށް

ހެޕީ މާކެޓޭ ބުނުމުން ގިނަބަޔަކަށް އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެއެވެ. ރާއްޖޭގައި ކާބޯތަކެތި ވިއްކާ ތަންތަނުގެ ތެރެއިން އެންމެގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އެއްތަނަކީ އެއީ އެވެ.

ޚާއްސަކޮށް ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް، ހެޕީ މާކެޓުގެ ފިހާރަތަކުން ވިއްކާ ކާބޯތަކެތީގެ އަގު އަންނަނީ ހެޔޮކުރަމުން ނެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ކަސްޓަމަރުންނަށް މިވަނީ އެ އުފާވެރި ޚަބަރު ދީފަ އެވެ.

ހެޕީ މާކެޓުން ބުނީ މި އަހަރު ވެސް އަގު ހެޔޮ ކުރީ ކޮލިޓީ ރަނގަޅު ތަކެތި ވީހާވެސް ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ފިނިކުރި ކުކުޅުގެ 800ގ އާއި 900ގ އާއި 1،000ގ އާއި 1،200ގ އާއި 1،400ގެ ކުކުޅުގެ އަގު މިހާރުވަނީ ހެޔޮކޮށްފަ އެވެ. އަދި މެރިނޭޓެޑް ޗިކަން އާއި 1 ކިލޯގެ ބޯންލެސް ޗިކަން އާއި ކުކުޅު ފައި (ޗިކަން ޑްރަމްސްޓިކް) އާއި ކުކުޅު ކުރަނޑި (ޗިކަން ގިޒާޑް) ވެސް ވަނީ އަގުހެޔޮކޮށްފަ އެވެ.

"އަޅުގަނޑުމެން އަގުހެޔޮ ކުރި ތަކެތީގެ ތެރޭގައި ޗިކަން ނަގެޓްސް، ބީފް ޗަންކްސް، ބީފް ޓޮޕްސައިޑް، ބީފް ޓެންޑެލޮއިން، މަޓަން އަދި ފްރެންޗް ފްރައިސް ފަދަ ޕްރޮޑަކްޓުތައް ވެސް ހިމެނޭ. އަދި ފޯޗިއުން ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި ސަންފްލާވަރ އޮއިލް އަދި ގެރިކިރު، ލަންޗިން މީޓް، ކޯންޑްބީފު ވެސް ހިމެނޭ." ހެޕީ މާކެޓުން ބުންޏެވެ.

މީގެ އިތުރުން މަޝްހޫރު ސިއަރާ ބްރޭންޑުގެ ކުކުޅު މިކްސްގެ 1 ކިލޯގެ ޕެކެޓް ވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ.

ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަ ގޮތެއްގައި އެ ކުންފުނީގެ ޚިދުމަތް ދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ދަށުން ރާއްޖޭގެ އިތުރު ދެ ހިސާބެއްގައި ދެ ފިހާރައެއް މިއަހަރު ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ހެޕީމާކެޓުގެ ފިހާރަތައް މިހާރު ހުރީ މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑު ސިޓީ އަދި ކުޅުދުއްފުށި ސިޓީގަ އެވެ. މި ފިހާރަތަކުން ހެޕީމާކެޓުން ވިއްކާ ހުރިހާ ޕްރޮޑަކްޓުތަކެއް ވެސް ރޯދައަށް ކަނޑައަޅާފައިވާ ހާއްސަ އަގުތަކުގައި ލިބޭނެ އެވެ.

ރަށު ބޯޓުތަކަށް ފޯރުކޮށްދޭ ޑެލިވަރީ ޚިދުމަތް 7956711 އަދި 7372996 އަށް ގުޅައިގެން ނުވަތަ އޯޑަރު ވައިބަ ކޮށްގެން ހޯދޭނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.