މާލޭގެ ގެއެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ

މާލޭގެ ގެއެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 4 އަހަރުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 12:20 ގައި ކަމަށާއި އަދި ނިޔާވެފައިވަނީ ފިރިހެން ކުއްޖެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.