ނަޝީދުގެ ވެރިކަން ބަދަލުކުރަން އަޅުގަނޑު ކުރި މަސައްކަތާމެދު ފަޚްރުވެރިވަން- އުމަރު

7 ފެބްރުއަރީ 2012  ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެރިކަމުން ދުރުކުރުމަށް ކުރެވުނު މަސައްކަތާމެދު އަމިއްލަފުޅަށްވެސް ފަޚްރުވެރިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އުފެދުނު ސިޔާސީ ހަމަނުޖެހުން ގަނޑުގެ ސަބަބުން އެމަނިކުފާނު އިސްތިއުފާ ދެއްވައި ވެރިކަމުން ފައިބައިވަޑައިގެންނެވި ދުވަސް ކަމަށްވާ 7 ފެބްރުއަރީއާ ދިމާކޮށް އުމަރު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުންކޮޅެއްގައި ވިދާޅުވީ މިއަދު ރާއްޖެ މިއޮތީ 2012  ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަސް ދިވެހިންނާ ބައްދަލުކުރިއިރު އޮތް ޙާލަތުގައި ކަމަށެވެ.

'އެމްއެންޑީއެފް ބޭނުންކޮށްގެން ފަނޑިޔާރަކު ވަގަށްނަގާ، އޭނާ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވެ، ސަރުކާރުން ދިޔައީ ރައްޔިތުންނަށް ގޯނާ ޖައްސަމުން. އެދަނޑިވަޅުގައި ދިވެހިންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު ނުކުމެ ދެގޮތެއްނުވެ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ރައީސް ނަޝީދު އަމިއްލަފުޅަށް މީޑިޔާގެ ކުރިމަތީގައި އިސްތިއުފާ ދެއްވުން' 7 ފެބްރުއަރީއާ ބެހޭގޮތުން އުމަރު ވިދާޅުވެފައި ވެއެވެ.

އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް އޭނާ ކުރެއްވި މަސައްކަތްތަކަކީ އެކަމަށްޓަކައި ފަޚްރުވެރިވާ މަސައްކަތްތަކެއް ކަމަށާއި ސަބަބަކީ  "ޑިކްޓޭޓަރެއްގެ ކިބައިން'' ގައުމު ސަލާމަތްކޮށް ދެވުން ކަމަށެވެ. އަދި 7 ފެބްރީގައި އުމަރާއެކު މަސައްކަތް ކޮށްދެއްވި ހުރިހާ ''ބަތޮލުންނަށް'' ޝުކުރު އަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ނަސީބު ގަދަ އަދި ހިތްވަރުވެސް ގަދަ ބަޔެއް ކަމަށެވެ. އަދި ދިވެހިންނަކީ ދީނަށް ލޯބިކުރާ ބަޔެއް ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. RN ge verikan baghaavaathakun vahttaaleema migaumah adhives hamajehumeh nulibigen miulhenee. Ekamakai fakhuruverivaairu haraan baghaavaathakah veema dhen kankan mihirgenfennanee. Umar akee agathalhaigen noohuga nanliuhvvanulhey baaghee eh.????

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.