ކަމަދޫ ބަނދަރުގެ އެއްގަމުތޮށިލުމަށް ކޮންކްރީޓް ގައު އަތުރާ ނިމިއްޖެ

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫގެ ދަށުން އެއްގަމުތޮށިލުމަށް ކޮންކްރީޓް ގައު އަތުރާ ނިމިއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 30,933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވެސް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1670 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމަށް ވެސް ނިންމާފައި ވެއެވެ.

48.63 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.