ކްރޮސް ރޯޑުގައި ޚާއްސަ ހަރަކާތްތަކެއް، ހިލޭ ދަތުރު ކުރެވޭނެ

ފޮޓޯ: އާފަތިސް

ޚާއްސަ ހަރަކާތްތަކެއް ހިންގާތީ، ކްރޮސްރޯޑަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެގޮތުން މިމަހުގެ 9 އިން 15 އަށް ކްރޮސްރޯޑަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކްރޮސްރޯޑުން ބުނީ މިމަހުގެ 9 ވަނަ ދުވަހު މެރީނާގައި ލައިވް ބޭންޑްގެ ހަރަކާތްތައް ހަވީރު 5:00 އިން ރޭގަނޑު 7:00 އަށް ކުރިއަށް ދާނެ ކަމަށެވެ. އަދި ޑީޓިއުން ބޭންޑްގެ ހަރަކާތްތައް 8:30 ގައި ހާޑްރޮކް ކެފޭގައި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ފެބްރުއަރީ 10 ވަނަ ދުވަހު މެރީނާގައި ސްޓްރީޓް މާކެޓް ބާއްވާއިރު، ހާޑްރޮކް ކެފޭގައި ޑެވިއޭޓް ބޭންޑްގެ ހަރަކާތްތަކާއި ރޭގަނޑު ލައިވް ޑީޖޭ ކުރިއަށް ދާނެ ކަމަށް ވެސް ބުނެއެވެ.

ކުޑަކުދިންނަށް ޚާއްސަ އިވެންޓެއް ފެބްރުއަރީ 11 ވަނަ ދުވަހު ގޭމްތަކާއިއެކު ބާއްވާއިރު، ހާޑްރޮކް ކެފޭގައި ޕްރޮޖެކްޓް ގްރޫވް ބޭންޑްގެ ހަރަކާތްތައް ވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި 12 ވަނަ ދުވަހު އިކުއެޓިކް ވައިބް ބޭންޑްގެ ހަރަކާތްތައް އޮންނައިރު، 13 ވަނަ ދުވަހު މެރީނާގައި ލައިވް ބޭންޑް ހަރަކާތްތައް ކުރިއަށް ދާނެއެވެ.

ހަމަމިއާއެކު ރޭގަނޑު ޑެވިއޭޓް ބޭންޑްގެ ހަރަކާތްތައް ބާއްވާއިރު، ފެބްރުއަރީ 14 ވަނަ ދުވަހުވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ ރަށެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.