އެމްއެންޑީއެފް ގެ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި މިއަދު ފަށަނީ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި މިއަދު ފަށާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި މި ތަމްރީނުތައް ބާއްވާނީ މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގެ އެކިއެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ދޭތެރެދޭތެރެއިން އެމްއެންޑީއެފް އިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަމްރީނުތައް ބާއްވަމުން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.