ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓަށް

ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގައި ކިޔާ ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ  މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރަން ފަށައިފިއެވެ.

މިއީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މަޢުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މަޢުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެފަހުން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އިސްލާމީ ދަޢުވަތު ފެތުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތް ކުރިއަށް އޮތްތާނގައިވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.