މާފުށި ޖަލުގައި މާރާމާރީއެއް ހިނގައިފި

ކ. މާފުށި ޖަލުގައި މާރާމާރީއެއް ހިނގައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މާފުށި ޖަލުގައި މާރާމާރީ އެއް ހިނގައިގެން ގައިދިއަކަށް ފަރުވާދެމުން އަންނަކަމަށެވެ.

އެހެންނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އެމްސީއެސް އިން ބުންޏެވެ.

މި މާރާމާރީ ހިނގާފައިވަނީ މާފުށި ޖަލުގެ ގޮޅިއެއްގެ ތެރޭގައި ދެ ގައިދީއެއްގެ ދެމެދުގައި މިއަދުގެ ވަގުތެއްގައި ކަމަށާއި ކަރެކްޝަންސްގެ އޮފިސަރުން އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި އަނިޔާވި ގައިދީ މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާފުށީ ޖަލުގައި ގައިދީން، ތަކެތީގެ މެދުގައި މާރާމާރީއެއް ހިނގައިގެން މިއަދު ހަވީރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ދިއުން ފިޔަވާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުންނަށް ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.