މިސްކިތްތައް މަރާމާތުކުރަން ފަންޑު ހުޅުވުމުން މިނިސްޓަރ ފާޑުވިދާޅުވެއްޖެ

ފޮޓޯ: ރައިސް އޮފީސް

މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް 1 މިލިއަން ރުފިޔާގެ ބަޖެޓެއް ވާނީ ދޫކޮށްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑެއް ހުޅުވައިގެން މާލޭ ސިޓީ ކައުންސިލުން ފައިސާ ހޯދަމުންދާތީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ވަކި ބަޖެޓެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ 2020 ވަނަ އަހަރު އެމަސައްކަތް ކުރުމަށް 1 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލަށް ދޫކޮށްފައިވާނެ ކަމަށެވެ.

އެ ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށައެޅުމަށް އެންގުމުން އެގޮތަށް ޢަމަލުނުކުރުމުން 2021 ވަނަ އަހަރުވެސް އެފައިސާ ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާނެ ކަމަށާއި އެހެންނަމަވެސް 2021 ވަނަ އަހަރުވެސް އެފައިސާ ބޭނުންކުރި ގޮތުގެ ރިޕޯޓު ހުށަނާޅާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެ ރިޕޯޓު ހުށަނޭޅީ ސިޓީ ކައުންސިލުން އެފައިސާ ބޭނުން ނުކުރާތީ ކަމަށާއި އެފައިސާ އެބަހުރިކަމަށް އޭރު ބުނެފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

"2022 ވަނަ އަހަރުވެސް 2 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކަނޑައަޅާ، އެކަން ސިޓީ ކައުންސިލަށް އެންގިން. އެހެންނަމަވެސް މިދިޔަ އަހަރު ފައިސާ ދޫކުރުމުގެ ބަދަލުގައި މިސްކިތްތައް މަރާމާތުކުރުމަށް ފަހު ހިނގާ ބިލްތައް މިނިސްޓްރީއަށް ހުށައެޅުމުން އެބަޖެޓުން ފައިސާ ހަމަޖެހޭނެކަން ވާނީ އަންގާފަ. އެކަމަކު ސިޓީ ކައުންސިލުން މިދިޔަ އަހަރުވެސް އެފަދަ އެއްވެސް މުޢާމަލާތެއްކޮށް މިނިސްޓްރީއާއި ހިއްސާކޮށްފައެއް ނުވޭ." މިނިސްޓަރ ވިދާޅުވި އެވެ.

މާލޭގައި ހުރި މިސްކިތްތައް ބަލަހައްޓާ އެތަންތަނުގެ އާބާތުރަ ފިލުވުމާއި މަރާމާތުކުރަންޖެހޭނަމަ، މިނިސްޓްރީން ދޭ ބަޖެޓުގެ ތެރެއިން އެމަސައްކަތް ކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ.

2 ޚިޔާލު

  1. Kon Kahala budget eh? Kharadhu koffa bill hushahelheema hithah eri dhuvahakun faisaa libey budget. Thee minister ge amilla budget eh
    City council akee ministry ge thaneh noon. Musthagillu ministry ah vure Mathee muassasaayeh. Salaan jahaigen zakaathu faisaa in city council, faisaa hoadhan thi bunanee ministry in seedhaa koh.??

  2. މިގައުމުގައި އަސްލާމިކު މިނިސްޓުރީޔެއް ހުންނަވާހަކަޔާ އަދި އެތާގައި މިނިސްޓަރަކު ވެސް ހުންނަ ވާހަކަ ބަޔަކު ނިކަން ބާރު ލާފަ ބުނާއިރު އެބުނާ މިނިސްޓުރީއިން ދީނީ ގޮތުން ކުރާ ކަމެއް ނުފެންނަ ތާގައި މުޅިން ވެސް ފެނިގެން ދަނީ ލާދީނީ ޖަމާއަތެއް ގެ ބަޔަކު ޕޮރޮމޯޓު ކުރަން މަސައްކަތް ކުރާތަން ކަމައް ގިނަ ބަޔަކު ގަބޫލު ކުރޭ އިސް ލާމް މިލަފުޒުގެ ބޭނުން ހިފަނީ ގައުމު ފަސާދަ ކުރަން އަދި މިބުނި ލާދީނީ މުޖުރިމުންނައް ހިއްވަރު ދިނުމައް ވީމާ މިކަމަކީ ގަބޫލު ކުރެވޭނެ ކަންތަކެއް ނޫން ވަރައް ސަލާމް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.