ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސްރީލަންކާ އަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅާ ބެހޭ އެއްވެސް ތަފްސީލެއް ވެސް އަދިހާމައެއް ނުކުރެއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ ސްރީލަންކާއަށް ގިނަ ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފަ އެވެ. ފަޒްނާގެ އާއިލާ މެމްބަރުން ލަންކާގައި ދިރިއުޅުއްވަ އެވެ.

އެގޮތުން ރައީސް އެންމެ ފުރަތަމަ ލަންކާއަށް ވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ. އެއަށްފަހު އެއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އަދި ނިމިދިޔަ އަހަރުގެ ޖޫން މަހުވެސް ރައީސްގެ ދެކަނބަލުން ވަނީ ލަންކާއަށް ވަޑައިގެންފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.