ދޯންޏެއް ބަންޑުން ޖަހާލައިގެން މީހަކު ގެއްލިއްޖެ

ދޯންޏެއް ބަންޑުން ޖަހާލައިގެން މީހަކު ގެއްލިއްޖެ އެވެ.

ފުލުހުން ބުނީ ބަންޑުން ޖަހާލާފައިވަނީ ގދ.ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާއިއެކު ދަތުރުކުރި ދޯންޏެެއް ކަމަށެވެ.

މި ދޯނި ބަންޑުން ޖަހާލީ ގދ. ވާދޫ ކުޑަކަނޑާ ދިމާކުން 12 މޭލު ބޭރުން ކަމަށެވެ. އަދި މުދާ ހިފައިގެން ދަތުރުކުރި މި ދޯނި ބަނޑުން ޖަހާލިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:25 ހާއިރު ކަމަށެވެ.

އެ ދޯނި ބަންޑުން ޖަހާލިއިރު، 4 މީހުން ތިބި ކަމަށާއި އެތަނުން އެކަަކު ގެއްލިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ބަންޑުން ޖަހާލި ދޯނީގައި ތިބި 3 މީހުން އެ ސަރަހައްދުގައި އޮތް "ވާދޫ ސީވީޑް" ނަމަކަށް ކިޔާ ދޯންޏަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ބިދޭސީއެއް ކަމަށާއި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އަންނަކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.