ފުލުހުން އަމަލު ކުރާނީ ބަންޑާރަ ނައިބުގެ ލަފަޔަށް- ނަވާޒް

ގައުމުގައި މިވަގުތު އޮތް ޙާލަތުގައި ފުލުހުން އަމަލު ކުރާނީ ބަންޑާރަ ނައިބުގެ ލަފަޔާ އެއްގޮތަށް ކަމަށް ފުލުހުންގެ މުއައްސަސާއާ އިއްޔެ ހަވާލުވެވަޑައިގެންނެވި އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ފަރާތުން މިއަދު ދިން ބަޔާނާއެކު ބަންޑާރަ ނައިބު އަނިލް އާއި ސިފައިންގެ ޗީފް ޝިޔާމާއެކު އިންނަވައި ނަވާޒް ވިދާޅުވީ ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް އަމުރަކަށް ފުލުހުން ތަބާނުވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ސިފައިންގެ ޗީފް ޝިޔާމް ވިދާޅުވީ ގައުމު ކްރައިސިސްއަކަށް ދާން ދޫކޮށްނުލާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލް ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަޒުލް ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނުކުންނާނެ ކަމަށް ޚަބަރު ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް އެފަދަ އަމުރަކަށް ތަބާނުވާނެ ކަމަށް އަނިލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ރައީސް އަޒުލް ކުރުމުގެ އަމުރެއް ނެރުނު ނަމަވެސް އެކަމަށް ތަބާނުވުމަށް ސަލާމަތީ ބާރުތަކަށްވެސް މިހާރު އަންގާފައިވާނެ ކަމަށް ދައުލަތުގެ ފަރާތުން ވަނީ ބުނެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.