އެމްއެންޑީއެފް އިން ސަމަރ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް ސީޕީއާރު އޭއީޑީ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް މެޑިކަލް ކޯރއިން ސަމަރ އައިލެންޑް ރިސޯޓްގެ މުވައްޒަފުންނަށް ސީޕީއާރު އޭއީޑީ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި އެވެ.

ސެޕްޓެންބަރު 19 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ސަމަރ އައިލެންޑް ރިސޯޓުގައި ހިންގާ މި ޓްރެއިނިންގ ޕްރޮގްރާމުގައި އެ ރިސޯޓުގައި މަސައްކަތްކުރާ 10 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ޓްރެއިނިންގ ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި ހަށިގަނޑުގެ ނޭވާލާ ނިޒާމާއި ސަރކިއުލޭޓަރީ ސިސްޓަމް މަސައްކަތްކުރާ ގޮތާއި ސީޕީއާރު ދޭނެ ގޮތްތަކާއި ސީޕީއާރު ދިނުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ހިމެނެއެވެ.

މީގެ އިތުރުން އޮޓޮމޭޓެޑް އެކްސްޓަރނަލް ޑިފިބްރިލޭޓަރ މެޝިން ބޭނުންކޮށްގެން މީހެއްގެ ފުރާނަ ސަލާމަތްކުރާނެ ގޮތްތައް ވެސް މި ޕްރޮގްރާމުގައި ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސީޕީއާރަކީ ނޭވާ ނުލައި، ވިންދު ނެތް މީހެއް ގަދަކަމުން ހިތް ޕަމްޕުކޮށްދީގެން ފުރާނަ ސަލާމަތް ކުރާނެ ގޮތެވެ. އަދި އޭއީޑީއަކީ ހިތް ރީސްޓާޓު ކުރުމަށްޓަކައި ބޭނުންކުރާ މެޝިނެވެ.

މި ޕްރޮގްރާމުގައި މި ދެގޮތް ބޭނުންކޮށްގެން މީހެއްގެ ފުރާނަ ސަލާމަތް ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

ސަމަރ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ މި ޓްރެއިނިންގ ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.