ރައީސް ނަޝީދުގެ ޢާއިލީ ގެކޮޅު ގައި "އިންޑިއާ އައުޓް" ޖެހި މީހާއަށް ދެ މަހުގެ ޖަލު ހުކުމެއް

ފޮޓޯ: ނާޒިމް ސައްތާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ޢާއިލީ ގެކޮޅު "ގ. ކެނެރީގެ" ފާރުގައި އިންޑިއާ އައުޓު ޖެހި މީހާއަށް ދެ މަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

އެ މައްސަލައިގާ ނ. މިލަދޫ، ނޫއަލި އަބްދުﷲ ޔަޝްފައުގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ އިއްޔެ އެވެ.

ދައުލަތުން ކުރި ދައުވާގައި މޭ 31، 2022 ވަނަ ދުވަހުގެ 2:37 ހާއިރު، ނީލޯފަރު މަގުގައި ހުންނަ ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން “އިންޑިއާ އައުޓް” ސްޕްރޭކޮށް އެ ފާރަށް އޭނާ ގެއްލުން ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ، އޭނާގެ މައްޗަށް އުފުލާފައިވާ އިރު، އޭނާ ވަނީ ކޯޓު މަރުހަލާގައި ކުށަށް އިއުތިރާފުވެފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.