ޤައުމެއް ތަނަވަސްވި ކަމަށްވާނީ އެންމެން ތަނަވަސް ވުމުން: ޝައިޚް އިމްރާން

ޤައުމެއް ތަނަވަސްވި ކަމަށްވާނީ އެންމެން ތަނަވަސް ވުމުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ވިއަވަތި" ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ  މިދައުރު ނިމުމަށްފަހު އަތޮޅުތަކަށް ފަތުރާލައްވާފައިވާ ލާމަރުކަޒީ ސިޔާސަތު ދެން އިންޗިއަކަށްވެސް ފަހަތަށް ޖެއްސުމަށް އެއްވެސް މީހަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ޤައުމެއް ތަނަވަސްވި ކަމަށްވާނީ އެންމެ ފަގީރު މީހާވެސް އުފާވީމަ ކަމަށާއި ހުރިހާ ރަށްތަކެއް އެއްވަރަށް ތަރައްޤީވެގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަރައްޤީގެ އެންމެ މުހިންމު އެއްކަމަކީ މަޝްވަރާގެ އުސޫލުން ކަންކަން ކުރުން ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިހުގެ ވެރިކަމުގެ މިހާތަނަށް ހޯދުނު ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއަކީ އެމަނިކުފާނު މަޝްވަރާއަށް އިސްކަން ދެއްވުމުންކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މުޅި ރާއްޖެއަށް ފަތުރާ ލައްވާފައިވާ ލާމަރުކަޒީ ސިޔާސަތު ފަހަތަށް ޖައްސާލުމުގެ ޖާގަ އެއްވެސް މީހަކަށް ދެން ދީގެން ނުވާނެކަމަށް އެލްޖީއޭގެ ރައީސްގެ މަގާމު އަދާކުރައްވާ ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.