ހަރުކަށި ފިކުރުގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ޚާއްސަ ފައުޖެއް އުފައްދަން މަޖިލީހަށް ޤަރާރެއް

ހަރުކަށި ފިކުރުގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ޚާއްސަ ފައުޖެއް އުފައްދަން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ.

އޭނާ މަޖިލީހަށް ހުށަހެޅުއްވި ޤަރާރުގައި ވަނީ ހަރުކަށި އަމަލު ހިންގާ ފަރާތްތައް ހުއްޓުވުމަށް ސަރުކާރުގެ މުއައްސަސާތައް ފަހަތަށް ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ހަރުކަށި ފިކުރުން ސަލާމަތްވުމަށްޓަކައި އާ އިންތިޒާމެއްގެ ދަށުން ކަންކަން ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެ މައްސަލައިގައި ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާފައިވާ ބައެއް ކަންކަން ފާހަގަކުރައްވާފައިވާއިރު، ދީނުގެ ނަމުގައި އަނިޔާވެރި އަމަލު ހިންގައި، މަރަން ފަސްނުޖެހޭ 1،400 މީހުން ތިބިކަމަށް ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ވިދާޅުވުން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ، ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލަދިނުމާއި ހަތިޔާރާއި ގޮވާތަކެތި އުފައްދައި، އެކި ފަރާތްތަކަށް އަމާޒުކޮށް މީގެ ކުރިން ވެސް ހަމަލަދީފައިވުން ފާހަގަކުރައްވާފައިވެއެވެ.

ހަރުކަށި ފިކުރު ހުއްޓުވުމަށް ކުރަންޖެހޭ ބައެއް ކަންކަން ހިމަނުއްވާ ވަހީދު ވަނީ ސަލާމަތީ އަދި ތަންފީޒީ ބާރުތައް އެކުލެވޭ ޚާއްސަ ފައުޖެއް އުފެއްދުމަށާއި އެ ފައުޖުން މިސްކިތްތަކާއި ސްކޫލް ފަދަ ތަންތަން ބަލަހައްޓަން ފެށުން ހިމެނޭ ކަމަށް ޤަރާރުގައި ހިމަނުއްވާފައެވެ. އަދި އިސްލާމިކް މިނިސްޓްރީ އާ ގުޅިގެން، ދީނި ތައުލީމާއި ނަސޭހަތް ދިނުމުގެ ކަންކަން ހިންގަނީ މަޝްހޫރު ގިނަ އިލްމުވެރިން އިއްތިފާގުވާ އިންތަކުގެ ތެރެއިންކަން ކަށަވަރުކުރުން ވެސް ވަނީ ހިމަނާފައެވެ.

އެ މައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް 25 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.

1 ޚިޔާލު

  1. އިސްލާމްދީނުގައިވަނީ އިންސާނާ އުޅެންވާގޮތް އަންގަވާފަ އެއާ ޚިލާފަށް ތިމާގެ މިނިވަންކަމޭ ބުނެ ގެނެސްގަންނަ ހަރުކަށި ފިކުރު (ﷲއާއި ރަސޫލާއަށް ގޮންޖެހުން) ީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.