ކޮންޓެއިނަރު ޝިޕެއްގައި ހުރި ބިދޭސީ ފަޅުވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ކޮންޓެއިނަރު ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އައްޑޫ އަތޮޅާ 436 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ "އެމްއެސްސީ ރަވެނާ" ނަމަކަށް ކިޔާ ކޮންޓެއިނަރު ޝިޕެއްގައި ހުރި އުމުރުން 26 އަހަރުގެ ފިލިޕީންސް ފަޅުވެރިއެއްގެ ޞިއްޙީ ހާލުދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އިއްޔެގެ 15:13 ހާއިރު އެވެ.

މި ކޮންޓެއިނަރު ޝިޕު އައްޑޫ އަތޮޅާ 4 ނޯޓިކަލް މޭލު ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސީ އެމްބިއުލާންސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންޓެއިނަރު ޝިޕު އޮތް ސަރަހައްދަށް ގޮސްފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލި މީހާ ކޮންޓެއިނަރު ޝިޕުން ބާލައި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް މިއަދު 17:05 ހާއިރު ވަނީ ގެންގޮސްދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.