ނުރައްކާތެރި ޖެލީ ފިޝްތަކެއް ހުޅުމާލޭ ގޮނޑުދޮށުން ފެންނާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ނުރައްކާތެރި ޖެލީ ފިޝްތަކެއް ހުޅުމާލޭ ގޮނޑުދޮށުން ފެންނާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ނުރައްކާތެރި ޖެލީފިޝްގެ ބާވަތެއް ހުޅުމާލެ ގޮނޑުދޮށުން ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށެވެ.

އެހެންވެ، އެ ސަރަހައްދަށާއި މޫދަށް ގޮސްއުޅޭ ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.

ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދުން "ބްލޫ ބަޓަން ޖެލީފިޝް" އާއި "ބްލޫ ބޮޓަލް ޖެލީފިޝް" މީގެ ކުރިންވެސް ފެނިފައިވާއިރު، މިފަހަރުވެސް ފެނިފައިވަނީ އެ ދެ ބާވަތުގެ ޖެލީފިޝް ކަމަށް ބައެއް ފަރާތްތަކުން އަންނަނީބުނަމުންނެވެ.

އެ ޖެލީފިޝް ތަކަކީ ކަށި ޖަހާ އެއްޗަކަށްވުމާއެކު އޭޣެ ސަބަބުން ބައެއް މީހުން އެލަރޖިކް ވެސްވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.