ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބިޔަރާއި ބަނގުރާ ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބިޔަރާއި ބަނގުރާތަކެއް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައިވަނީ މި އޮގަސްޓް 14 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަމަށެވެ. އަދި އެތަކެތީގެ ތެރޭގައި ބަނގުރަލާއި ބަނގުރާ އެކުލެވޭ ބިޔަރު ހިމެނޭ ކަމަށެވެ.

އެގޮތުން 225.7 ލީޓަރުގެ ބަނގުރާ ފުޅިއާއި 6763 ލީޓަރު ބަނގުރާ ޕެކެޓާއި 1708.08 ލީޓަރުގެ ބަނގުރާ އެކުލެވޭ ބިޔަރު ފުޅި ނައްތާލާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.