އުލިގަމުގައި ހެދި ފެރީ ހަޓުގެ މަސައްކަތް ނިމިއްޖެ

ހއ. އުލިގަމު ފެރީ ހަޓުގެ މަސައްކަތް ނިމިއްޖެއެވެ.

މިއީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ނިޒާމުގެ ބޭނުމަށް ޒޯން އެކެއްގައި ގާއިމުކުރެވޭ ފެރީ ސްޓޮޕެކެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓް ގާއިމުކޮށްފައިވާ ކަމަށެވެ.

ޒޯން އެކެއްގެ ފިޔަވަހީގެ ދަށުން އިހަވަންދޫގައި ފެރީ ޓަރމިނަލެއް ވަނީ ހަދާ ނިންމާފައެވެ. އަދި ފިނޭ، ނާވައިދޫ، މަކުނުދޫ އަދި ނޭކުރެންދޫ ފެރީ ހަޓްގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.