ރާއްޖެ އަދި މެލޭޝިއާގެ އެއްގަމު އުޅަނދު ޑްރައިވިންގ ލައިސަންސް ދެ ގައުމުގައިވެސް ބޭނުންކުރެވޭނެ

ދިވެހިރާއްޖެ އަދި މެލޭޝިޔާގައިވެސް ދެ ގައުމުގެ އެއްގަމު އުޅަނދުގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭގޮތް ހަދައިފިއެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިއަދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު، އާއިޝަތު ނަހުލާއެވެ. މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާސިއޮންގް އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިކަމުގެ މަޝްވަރާ ދެ ގައުމުން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.