ޕެކެޓަކަށް ތައްޓެއްގެ ނަމުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ޕްރޮމޯޝަނެއް ފަށައިފި

ޕެކެޓަކަށް ތައްޓެއްގެ ނަމުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއީ އެސްޓީއޯއިން ވިއްކާ ޑެވަންޑޭލް ހިކި ކިރު ޕެކެޓާއި އެއް ލީޓަރުގެ ފުލް ކްރީމް ކިރު ޕެކެޓު ގަތުމުން ހިލޭ ތައްޓެއް ލިބޭ ޕްރޮމޯޝަނެކެވެ.

އެސްޓީއޯ އިން ބުނީ މިއީ 'ބެކް ޓު ސޫކޫލް ޕްރޮމޯޝަން' ގެ ދަށުން ކުރިޔަށް ގެންދާ ޑެވަންޑޭލް ކިރަށް ޚާއްސަ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މި ޕްރޮމޯޝަން މި އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ޑެވަންޑޭލް، އައިވީ އާއި ހެޕީ ކައު ބްރޭންގެ ތަކެތި ގަންނަ ފަރާތްތަކަށް ގިފްޓް ވައުޗަރއާއި އެހެނިހެން އިނާމުތައް ވެސް ކަނޑައެޅިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.