ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސްޓިވަލް ސެޕްޓެމްބަރ މަހު ބާއްވަނީ

ފޮޓޯ: މިނިސްޓްރީ އޮފް ޓޫއަރިޒަމް

ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސްޓިވަލް (އެޗްޓީޓީއެފް) ސެޕްޓެމްބަރ މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފެސްޓިވަލް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 ގެ ނިޔަލަށެވެ. އަދި ބައިވެރިވުމުގެ ސުންގަޑި އަކީ މިމަހުގެ 10 ވަނަ ދުވަހުގެ 23:59 އެކެވެ.

ހުޅުމާލޭގައި ކބާއްވާ މިފެސްޓިވަލް ކުރިއަށްދާނީ ސެޕްޓެމްބަރ މަހުގެ 15 އިން 18 އަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:50 އަށް ކުރިއަށްދާނެއެވެ.

މި ފެސްޓިވަލްގައި މިހާތަނަށް ބައިވެރިވެފައިވާ ރަށްތަކުގެ ތެރޭގައި ކ. މާފުށި، ގއ. ކަނޑުހުޅުދޫ، ގއ. ވިލިނގިލި، ލ. މާމެންދޫ، ހއ. ހޯރަފުށި ހިމެނެއެވެ.

އެޗްޓީޓީއެފް އަކީ 2022 އަކީ، 2019 އިން ފެށިގެން ހާ ޓު ސީނު ގެ ނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރައްތަށް ފަތުރުވެރިކަމުގެ ދުނިޔޭގައި އިޝްތިހާރު ކުރުމަށް އަދި ދިވެހިން ވަޒަންވެރިވެ ތިބި ރަށްތަކުގެ ގުދުރަތީ ރީތިކަން ފަތުރުވެރިންނާއި ޓްރެވެލް އޮޕަރޭޓަރުންނާއި އެޖެންޓުންގެ ސަމާލުކަމަށް ގެނައުމަށް ހާ ޓު ސީނުގެ ކޯރ ފައުންޑަރުން ކަމުގައިވާ ޢަލީ ހަމީދު އާއި މަރްޔަމް ރަޢުލާ ކުރަންފެށި މަސައްކަތުގެ އެންމެ މުހިންމު މަންޒިލެވެ.

އެޗް ޓީ ޓީ އެފް 2022 މަގްސަދަކީ ހަޤީޤީ ދިވެހިންގެ ސަގާފަތާއި ދިވެހިން ދިރިއުޅެމުންދާ ރަށްތައް، ފަތުރުވެރިންގެ މަންޒިލް ތަކަކަށް ހެދުމަށް އެހީތެރިވެދީ ދުނިޔޭގެ ޓްރެވެލް އޮޕަރޭޓަރުންނާއި އެޖެންޓުންގެ ސަމާލުކަމަށް ގެނެސް ރަށު ފަތުރުވެރިކަން ފުޅާކޮށް މީހުން ދިރިއުޅޭ ރައްތަކަށް ޒިޔާރަތް ކުރާ ނޫނީ ޒިޔާރަތް ކުރުމަށް ޝައުގުވެރިވާ ފަތުރުވެރިންގެ އަދަދު އިތުރު ކޮށްދިނުންކަމަށް އެފަރާތުން ހާމަކުރެއެވެ.

މީގެ އިތުރުން ރަށް ރަށުގެ ކައުންސިލާއި، ފަތުރުވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އަދި ފަތުރުވެރިކަމުގެ އެކި މަޝްރޫތަށް ހިންގުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަތުރުވެރިކަމުގެ މާހިރުންނާއި ދިމާވެ، ބައްދަލުވުންތަށް ފެސްޓިވަލްގައި ބޭއްވި މި ސިނާއަތާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބި ރަށުގައި ރަށުފަތުރުވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

ހަމަމިއާއެކު ދިވެހިންގެ ތޭރޭގައި ވެސް އެބަޔަކު ނިސްބަތްވާ އަތޮޅާއި ރަށް ނޫން ރައްތަކާއި ބެހޭ މަޢޫލޫމާތު ފުޅާ ދާއިރާއެއްގައި ފެސްޓިވަލް މެދުވެރިކޮށް ލިބި އަދި ދިވެހިންވެސް އާއިލާ އާއި ރަހުމަތްތެރިންނާ އެކު ޗުއްޓީ ހޭދަކުރުމަށް އިތުރަށް ޝައުގެވެރިކަން އުފައްދާ ރަށްރަށަށް ޒިޔާރަތް ކުރުމުގެ އާދަކާދަ ފުޅާކަށް ރަށްރަށަށް ހޯމް ސްޓޭ އާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ދިވެހިން އިތުރުކޮށްދީ ރަށްރަށަގެ ރައްޔުތުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުންކަމަށެވެ.

މި ފެސްޓިވަލްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް (އެރަށެއްގައި ހިމެނޭ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް)، ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތައް، ފަތުރުވެރިކަމާއި ގުޅުންހުރި ޖަމިއްޔާ ޖަމައާތްތައް އަދި ފަތުރުވެރިކަމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ސަޕްލައި ކުރާ ވިޔަފާރިތަކަށް (އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު، ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް) ބައިވެރިވެވޭނެއެވެ.

މި ފެސްޓިވަލްއަށް، ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓާރުންނާއި ފަތުރުވެރިންނާއި ރިއަލްސްޓޭޓް އިންވެސްޓަރުނާއ ކޮންސްޓްރަކްޝަން ކޮންޓްރެކްޓަރުން އަދި އާންމު ރައްޔިތުން ޒިޔާރަތް ކުރާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.