އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އިބްރާހިމް ފަޒީލްއެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ފަޒީލް އެ ދާއިރާގައި 15 އަހަރު މަސައްކަތްކުރައްވާފައިވާއިރު، އޭނާވަނީ އޮޑިޓް އޮފީހުގެ އިސް މަގާމުތައް ވެސް ކުރިން ފުރައްވައިފައެވެ.

ފަޒީލް އެންމެ ފަހުން ހުންނެވީ އޮޑިޓް އޮފީހުގެ ފައިނޭންޝިއަލް އެންޑް ކޮމްޕްލަޔަންސް އޮޑިޓްގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

ތިން އަހަރު ވަންދެން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގައި ވެސް ފަޒީލް މަސައްކަތް ކުރައްވާފައިވާއިރު، އޭނާއަކީ ޗާޓަރޑް އިންސްޓްޓިއުޓް މެނޭޖްމަންޓް އެކައުންޓް (ސީމާ) ގެ މެމްބަރެއް ވެސް މެއެވެ.

ފަޒީލް ވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވަރސިޓީން ކޮމަރސްއިން ބެޗެލަރޒް ޑިގްރީ ހާސިލުކުރައްވައި އަދި އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވަރސިޓީން އޮޑިޓް މެނޭޖްމަންޓް އެންޑް ކޮންސަލްޓެންސީން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.