ތިން ސައިކަލު ޖެހި، ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ތިން ސައިކަލު ޖެހި، ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ނިރޮޅު މަގު އެއް ނަމްބަރު ފްލެޓް ކައިރީގައި ކަމަށާއި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ތިން މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.