ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނިއްޖެ - ރާމިޒު އަދިވެސް ނުފެނޭ

ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮތް ކެނޯ - ފޮޓޯ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ކެނދިކުޅުދޫ އަތިރިމައްޗަށް ލައްގާފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ނ. ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނިއްޖެ ކަމަށެވެ. އަދި މި ކެނޯ ފެނުނީ ނ. ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވައި އާންމު މީހަކަށް ކަމަށެވެ.

އެ ކެނޯ ޢާންމު މީހަކަށް ފެނިގެން އެ ރަށުގެ ކައުންސިލަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އިބްރާހީމް ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނުނު ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށް ވެސް ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އަދިވެސް ކުރަމުން އަންނަކަމަށެވެ.

ޢުމުރުން 28 އަހަރުގެ ނ. ހެނބަދޫ / ކުންނާރުގެ، އިބްރާހީމް ރާމިޒް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖުލައި ހަތްވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ފެނުނުއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ އިބްރާހީމް ރާމިޒް ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުން އެދޭކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.