ރާއްޖެއިން ކޮވިޑު ޖެހިގެން މިއަދު ދެމީހުން މަރުވެއްޖެ

ރާއްޖެއިން ކޮވިޑު ޖެހިގެން މިއަދު ދެމީހުން މަރުވެއްޖެއެވެ.

މިއަދު މަރުވެފައިވަނީ ދިވެހި ދެ އަންހެނުންނެވެ. އެއީ އުމުރުން 80 އަހަރުގެ މީހަކާއި 73 އަހަރުގެ މީހެކެވެ.

އޭގެ ތެރެއިން 80 އަހަރުގެ މީހާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭ 12:45 ގައެވެ. އަދި އުމުރުން 73 އަހަރުގެ މީހާ މަރުވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އޭނާއަކީ  ހުޅުމާލޭ އޮރެންޖް ހިޔާގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބަށް ބަލާއިރު، ކޮވިޑު ޖެހިގެން ރާއްޖެއިން 306 މީހަކު ވަނީ މިހައިތަނަށް މަރުވެފައެވެ. އެއީ މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.