ޝިކާގޯގައި އާއްމުންގެ ތެރެއަށް ބަޑިޖަަހައި 6 މީހުން މަރާލި މީހާ ހައްޔަރުކޮށްފި

ފުލުހުން ވަނީ ޝިކާގޯގައި އާއްމުންގެެ ބަޔަކު މަރާލިކަމަށް ޝައްކުކުރެވޭ މީހާ ހައްޔަރުކޮށްފައި

އިއްޔެ (4 ޖުލައި) އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ޝިކާގޯގެ ހައިލޭންޑް ޕާކް އަވަށުގައި ކުރިއަށް ދިޔަ މިިނިވަން ދުވަހުގެ ޕެރޭޑުގެ ތެރެއަށް ބަޑިޖަހައި 6 މީހުން މަރާލައި 36 އަށްވުރެ ގިނަ މީހުން މަރާލިކަަމަށް ޝައްކުކުރެވޭ މީހާ ހަައްޔަރުކަމަަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ޔަގީންކޮށްދިން ގޮތުގައި އެމީހުން ވަނީ އުމުރުން 22 އަހަރުގެ ރޮބަޓް އީ، ކްރީމޯ ހައްޔަރުކޮށްފައެވެ. އޭނާއަކީ ބަޑިޖެހި ސަރަހައްދުގައި ދިރިއުޅޭ މީހެކެވެ. ފުލުހުން ބުނީ އޭނާ ދުއްވާފައި ވަނީ ރިހި ކުލައިގެ ހޮންޑާ ފިޓް ކާރެއް ކަމުގައެވެ.

އެމެރިކާގެ ބައެއް ޓީވީ ޗެނަލްތަކުން ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން އެ ކާރު ހުއްޓުވުން، އެ ކާރުން ކްރީމޯ ދެއަތް މައްޗަށް ނަގައިގެން ހުރެ ނުކުންނަ ތަން ފެނެއެވެ. ދެން އޭނާ ބިން މަތީގަައި ބަންޑުން ބާއްވައި އަތުގައި ބިޑިއެޅުވުމުމަށް ފަހު ފުލުހުން އޭނާ ހައްޔަރުކުރެއެވެ.

ހައިލޭންޑް ޕާކްގައި ދިިރިއުޅޭ މީހުން އިންތިޒާމުކޮށްގެން ބޭއްވި ޕެރޭޑްގެ ތެރެއަށް ބަޑިޖަަހަން ފެށުމާއެކު ތިން ފުރޮޅުލީ ބައިސިކަލުގައި ތިބި ކުޑަކުދިންނާ އެމީހުންގެ މައިންބަފައިން ކޮޅުކޮޅަށް ދުއްވަައިގަނެއެވެ. ގައުމީ ޝުއޫރު ފާޅުކަން ހިންގި ހަރަކާތް ހިތާމަވެރި ހާދިސާއަކަށް ބަދަލުވެގެން ދެއެވެ.

"(ބަޑިޖަހަން ފެށުމުން) ހީވީ ބަޑިބޭހުގެ ކުޅިވަރުގެ އަޑުހެން." ޕެރޭޑުގައި ބައިވެރިވިި އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

"އެންމެންވެސް ހީކުރީ އެއީ ބަޑިބޭހުގެ ކުޅިވަރު ކަަަމަށް. އަހަރެންގެ ބައްޕަ ހީކުރީ އެކަމަކީ ޕެރޭޑް ބައެއްގެ ގޮތުގައި ހިނގާ ކަމެއް ކަމަށް. އަހަރެން ބުނިން ނޫނެކޭ ބައްޕާއޭ ކޮންމެވެސް ކަމެއް ގޯސްވެއްޖެއޭ." ޕެރޭޑުގައި ބައިވެރިވި ޒުވާނަކު ކިޔައިދިނެވެ.

އިއްޔެ ޝިކާގޯގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަކީ މިފަހަކަށް އައިސް އެމެރިކާގައި އިތުރުވަމުންދާ އާއްމުންގެ ތެރެއަށް ބަޑިޖަހައި ގިނަ ބަޔަކު މެރުމުގެ ހާދިސާތަކުގެ ސިލްސިލާއަށް އިތުރުވީ ބޮޅެކެވެ. އެމެރިކާގައި ބަޑިޖަހަގެން މަރުވާ މީހުންގެ އަދަދުތައް އެއްކުރާ ވެބްސައިޓެއް ކަމަށްވާ ގަން ވަަޔަލެން އާކައިވްއިން ބުނާގޮތުގައި އެމެރިކާގައި ބަޑިޖަހައިގެން އަހަރަކު 40 ހާސް މީހުން މަރުވެއެވެ. އޭގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންވެސް ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.