މިހާރު ލީކުވެގެން އުޅޭ ވީޑިއޯތަކާއި ބްލެކްމެއިލް ކުރުމުގެ މައްސަލަ ބެލުމަށް އިންޑިއާގެ ތަހުގީގީ އިދާރާއަކުން އެހީތެރިކަން ހޯދާ ވާހަކައަކީ ދޮގެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ލީކުވެގެން އުޅޭ ވީޑިއޯތަކުގެ މައްސަލައާއި ބްލެކްމެއިލްކުރުމުގެ މައްސަލަ ތަހުޤީޤްކުރުމުގައި ބޭރުގެ އެއްވެސް ތަހުޤީޤީ އިދާރާއެއްގެ އެހީ ނުހޯދާ ކަމަށެވެ.
އެމައްސަލަތައް ތަހުޤީޤްކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ރާއްޖޭގެ މަޖިލިސް މެމްބަރުން ވެސް ހިމެނޭ ގޮތަށް ގިނަ ވީޑިއޯތަކެއް ވަނީ ލީކުވެފައެވެ. އޭގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގާކަމަށް ޝައްކު ކުރެވޭ ފަދަ ވީޑިއޯތައް ވެސް ހިމެނެއެވެ.