ބެންކޮކަށް ދަތުރުކުރަން ބޭނުން ފަރާތްތަކަށް އުފާވެރި ޚަބަރެއް!

ފައިލް ފޮޓޯ

ކޮވިޑް-19 ގެ ސަބަބުން ގައުމުތަކަށް އައި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް މަސައްކަތް ކުރާއިރު، ރާއްޖޭގެ ގިނަ ބަޔަކު ވިޔަފާރީގެ ކަންކަމުގައި ދާ އެއް ގައުމަކީ ބެންކޮކް ކަމާއިމެދު ދެބަހެއް ނުވެވޭނެއެވެ.

ކަން މިހެން އޮތްއިރު، އެ ގައުމަށް ދަތުރުކުރުމަށް މެދުވެރިވި އެންމެބޮޑު ބޯޑަރު ބަންދުކޮށް ފްލައިޓުތައް އުދުހުން ހުއްޓާލުމެވެ.

ޚާއްސަކޮށް ރާއްޖޭގެ ވިޔަފާރިވެރިންނާއި ބެންކޮކަށް އެކި ބޭނުންތަކުގައި ދިއުމަށް ކެތް މަދުވެފައި ތިބި މީހުންނަށް ބެންކޮކް އެއަރވޭސް އިން އުފާވެރި ޚަބަރެއް ދީފައެވެ.

އެއީ އެ އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށިކަމުގެ އުފާވެރި ޚަބަރެވެ. އެ އެއަރލައިނުން ބުނީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހު ރާއްޖެއަށް ދަތުރުކުރާނެ ކަމަށެވެ.

މި ދަތުރުތައް ކުރުމަށް ނިންމާފައިވަނީ ބެންކޮކްގެ ސުވަނަބަމީ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.