ކޮވިޑު ޖެހިގެން ރާއްޖެއިން 300 ވަނަ މީހާ ނިޔާވެއްޖެ

ކޮވިޑު ޖެހިގެން ރާއްޖެއިން 300 ވަނަ މީހާ ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ނިޔާވެފައިވަނީ ދިވެހި އަންހެނެކެވެ.

އެހެންނަމަވެސް އެއީ ކޮން އުމުރެއްގެ މީހެއްކަން ސާފުވާ ގޮތެއް ނުވެފައެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން އެންމެފަހުން މީހަކު ނިޔާވެފައިވަނީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

މިބަލީގައި ރާއްޖެއިން 281 ދިވެހީންނާއި 19 ބިދޭސީން މިހައިތަނަށް ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އުވާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.