ޚާއްސަ އޮފަރތަކާއެކު ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަރނެޓް ފެހެންދޫއަށް އިފްތިތާހުކޮށްފި

ޚާއްސަ އޮފަރތަކާއެކު ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަރނެޓް ބ. ފެހެންދޫއަށް އިފްތިތާހުކޮށްފިއެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ފެހެންދޫގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކާއެކުގައެވެ.

އެގޮތުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމާއި ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ހިލޭ ލިބޭނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ.

އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 87 ރަށެއް ހިމެނެއެވެ.

ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނައިރު، އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް މަސައްކަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.