އިދިކޮޅުގެ އަޑު ކަނޑުވާނުލެވޭނެ - ރައްޔިތުން ތިބީ އިދިކޮޅާ އެކު: ޕީޕީއެމް

އިދިކޮޅުގެ އަޑު ކަނޑުވާނުލެވޭނެ ކަމަށާއި، ރައްޔިތުން ތިބީ އިދިކޮޅާ އެކުގައި ކަމަށް އިދިކޮޅު ކޯލިޝަން ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީޕިއެމް ގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގައި އޮތުމުން، އިދިކޮޅުން ހުށަހަޅާ މައްސަލަތައް ބޭރުކުރި ނަމަވެސް އެކި ޕްލެޓްފޯމްތަކުގައި އެކި ގޮތްގޮތުން ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އޭނާ ވަނީ އިދިކޮޅު މެމްބަރުންނަށް ވީނަމަވެސް، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ހުށަހެޅޭ މައްސަލަތައް ބެލެންވާނެ ކަމަށާއި އެއީ ރައްޔިތުންނަށް ކޮށްދޭ ޚިދުމަތެއް ކަމަށް ވެސް ވިދާޅުވެފައެވެ.

" މަސްވެރިންނާ ގުޅޭ މައްސަލައެއް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުށަހެޅުމުން އެ މައްސަލަ ވެސް ބޭރުކޮށްލީ. ރައްޔިތުންނާ ގުޅުންހުރި މިފަދަ މައްސަލަތައް ނުބެލުމަކީ ރައްޔިތުންގެ ނުރުހުން އެކަމަށް އަމާޒުވާނެ ކަމެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.