ބޭނި މަސްކޮޅު ކުނިވެ އުކާލާތަން ފެނުމީ ލަގޮނޑިއަށް ކެތްވާވަރުކަމެއްނޫން: ޝިޔާމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިން ރޯދަމަހު ލޯބޯފިއްސައިގެން ބާނާ މަސްކޮޅު ކިރާނުލެވި އައިސް ނުލިބި ކިޔޫގައިތިބެ ބޭނި މަސްކޮޅު ކުނިވެ އުކާލާތަން ފެނުމީ ލަގޮނޑިއަށް ކެތްވާވަރުކަމެއްނޫން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕްރޮޑަކްޝަން އިތުރުކޮށް މަސް ރައްކާކުރަން ރައްޔިތުންގެ ޚަޒާނާއިން ނެގިހާ ފައިސާއަކަށް ކީއްތޯ ކުރަނީ ސަރުކާރާ ސުވާލުކުރައްވާފައެވެ.

ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް މިފަދައިން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެފައިވާއިރު، މިފްކޯގެ ކެޕޭސިޓީ ނެތިގެން މަސްކިރުން ކޮންޓްރޯލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަމުގެ ސަބަބުން ދެކުނުގެ ގިނަ މަސްދޯނިތަކުން ބޭނި މަސް ނުކިރި، މޫދަށް އުކާލާތަން ދައްލުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ވަގުތެއްގައިވެސް މެއެވެ.

މިފްކޯ އިން ބުނެފައިވަނީ ކޮންމެ ދޯންޏަކުން ވެސް ކިރޭނީ ފަސް ޓަނުގެ މަސް ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ރަަށްރަށުގައި މަސްވެރިކަން ކުރަން މިހާރުބޭނުންކުރަމުން ގެންދާ ދޯނިފަހަރަކީ ބޮޑެތި ދޯނި ފަހަރު ކަމަށްވެފައި، ޢާންމުގޮތެއްގައި ކޮންމެ ދޯންނަކުން ވެސް އެންމެމަދުވެގެން 20 ނުވަތަ 25 ޓަނުގެ މަސް ކިރާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.