ފެނަކަ އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ ސެޓިފިކެޓް ލެވެލް 3 އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް ކޯހުގެ ދަސްވެނިވުން ބާއްވައިފި

ފެނަކަ ކޯޕަރޭޝަންގެ "ފެނަކަ އިންސްޓިޓިއުޓް" އިން ފަށާފައިވާ، ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ، ތަމްރީނު ލިބިފައިވާ މީހުން ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިންގި އިންޖީން ރެޕެއަރ އެންޑް މެއިންޓަނަނަންސް ލެވެލް 3 ގެ ކޯހުގެ ފުރަތަމަ ބެޗުގެ ދަސްވެނިވުން ރޭ ބާއްވައިފިއެވެ. ފެނަކައިގެ އެޕްރެންޓިޝިޕް ޕްރޮގްރާމް (ފުނަރު ޕްރޮގްރާމް) އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ފޯރުކޮށްދޭ 3 އަސާސީ ޚިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރައްޤީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗްއިން ހިންގާ 3 މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

ފުނަރު ޕްރޮގްރާމް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ގައި ބައިވެރިވާ ފަރާތްތަކަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖަނަރޭޓަރގެ މެއިންޓެނެންސް މަސައްކަތް ކުރާނެ އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ. އަދި ފުނަރު ޕްރޮގްރާމް ކުރިއަށް ގެންދެވުނީ މަހަކު 3,000ރ (ތިންހާސް ރުފިޔާ) ގެ އެލަވަންސެއް ލިބޭ ގޮތަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ރާއްޖޭގެ 8 ސަރަހައްދަކަށް އަމާޒުކޮށް 8 ރަށެއްގައެގޮތުން ށ.މިލަންދޫ، ހދ.ކުޅުދުއްފުށި، ނ.ވެލިދޫ، ތ.ވިލުފުށި، ޏ.ފުވައްމުލައް، ދ.ކުޑަހުވަދޫ، ބ.އޭދަފުށި، ސ.ހިތަދޫގައެވެ.

އިންޖީން ރެޕެއަރ އެންޑް މެއިންޓަނަނަންސް ލެވެލް 3 ގެ ކޯސް ފުރިހަމަކުރި ފަރާތްތަކުގެ ތެރޭގައި ދެ އަންހެން ބޭކަނބަލުން ހިމަނިވަޑައިގަންނަވާ.

މި ރައްސިމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި ފެނަކަ ކޯޕޭޝަން ލިމިޓެޑްގެ ބޯޑް ޗެއަރމަން މުހައްމަދު ރަޝީދާއި ފެނަކައިގެ އެމްޑީ އަޙްމަދު ސައީދު މުހައްމަދެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ 154 އަށްވުރެ ގިނަ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.