ޔުކްރޭނަށް ދޭ ހަމަލާ ފުޅާކޮށް ހުރިހާ ފަރާތަކުން ހަމަލާ ދިނުމަށް ރަޝިޔާ ސިފައިންނަށް އަންގައިފި

ރަޝިޔާގެ އަނދާފައިވާ އަސްކަރީ އުޅަނދެއް ޔުުކްރޭންގެ ވެރިރަށް ކިޔީވްގެ މަގެއް މަތީގައި

ރަޝިޔާއިން ޔުކްރޭނަށް ދެމުން ގެންދާ އަސްކަަރީ ހަމަލާ އިއްޔެ ކުޑަކޮށް މަޑުޖައްސާލާފައި އޮތުމަށް ފަހު، ހަަމަލާ ފުޅާކޮށް ހުރިހާ ފަރާތަކުން ހަަމަލާދިނުމަށް ސިފައިންނަށް އަންގާފައިވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

"ކިޔީވްގައި އޮތް ސަރުކާރުން މަޝްވަރާއަށް ތައްޔާރަށް އޮތް ކަަމަށް އިއްޔެ ބުނުމާ ގުޅިގެން، އޮޕަރޭޝަންގެ މައި މައިދާންތަކުގައި ދެކޮޅުވެރިކަމުގެ ހަރަކާތްތައް ހުއްޓާލެވުނު. އެހެނަސް، ޔުކްރޭންގެ ފަރާތުން މަޝްވަރާއަށް ނުދާން ނިންމުމުން، އޮޕަރޭޝަންގެ ޕްލޭނާ އެއްގޮތަށް ހުރިހާ ފަރާތަކުން ހަމަލާ ވަރުގަދަަކުރުމަށް ހުރިހާ ޔުނިޓްތަކަކަށް ވަނީ އަމަރު ނެރެފައި." ޑިފެންސް މިނިސްޓްރީއާ ހަވަލާދީ އާރްޓީ ޗެނެލުން ބުނެފައި ވެއެވެ.

ރަޝިޔާއިން މިމޭރުމުން ވާހަކަދެއްކި ނަމަަވެސް ޔުކްރޭނު ބުނެފައިވަނީ މަޝްވަރާއަށް ނުދާން ނިންމާފައި ނުވާނެ ކަމުގައެވެ.

ޑިފެންސް މިނިސްޓްރީން ހަމަލާތައް ވަރުގަދަކުރާ ވާހަކަ ބުނެފައި ވަނީ ރަޝިޔާ ސިފައިން ޔުުކްރޭންގެ ރަށްތަކަށް ބޮޑުބަޑިއާއި ކުރޫޒް މިސައިލްގެ 'ވާރޭ ވެއްސަމުންދާތާ ތިން ދުވަސް ވެފައި ވަނިކޮށެވެ.

ރަޝިޔާއަށް ބޯލެނބުމަށް ދެކޮޅުހައްދަވަމުން ގެންދަވާ ރައީސު ވޮލޮޑޮމީރް ލެޒެންސްކީ ވިދާޅުވީ ރަޝިޔާގެ ހަމަލާތައް ވަރުގަދަކުރި ނަަމަވެސް ވެރިރަށް ކިޔީވް އަދިވެސް އޮތީ ޔުކްރޭންގެ ބާރުގެ ދަށުގައި ކަމުގައެވެ.

ޔުކްރޭނަށް ދެމުންދާ ހަމަލާގައި ޔުކްރޭނުން ވަކިވެގަތް ކަަމަށް ބުނާ ސަަރަހައްދުތަކުގެ ހަނގުރާމަވެރިން ވެސް ބައިވެރިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

"ޑޮނެޓްސްކް ރިޕަބްލިކާއި ލޮހާންސްކް ރިޕްބްލިގެ ސިފައިންގެ ފައުޖުތަކުން ވެސް ދަނީ، ރަޝިޔާ ސިފައިންގެ ހަމަލާތަކުގެ އެހީއާއެކު، ޔުކްރޭން ސިފައިންގެ ތަންތަނަށް ދެމުންދާ ހަަމަލާތައް ކާމިޔާބުކުރުމުގެ ފުރުސަތު އިތުރުކުރުމަށް މަސައްކަތްކުރަމުން." ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ. ހަަމަލާތައް ވަރުގަދަކުރި ނަަމަވެސް، އާއްމުން  ދިިރިއުޅޭ ސަރަހައްދުތަކަށް ހަމަލާނުދޭ ކަަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންނަަމަވެސް، ޔުކްރޭނުން މިވާހަަކަ ދޮގުކުރެއެވެ. އަދި ޔުކްރޭންގައި ހަރަކާތްތެރިވާ ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ވެސް ވަނީ ރަޝިޔާގެެ މިވާހަކަ ދޮގުކޮށްފައެވެެ.

"އަހަރުމެންގެ ބިމަށް އަރައިގެނަ ހަނގުރާމަކުރަމުންދާ 1 ލައްކަ މީހުން އެބައުޅޭ، އެމީހުން ދަނީ މީހުން ދިރިއުޅޭ އިމާރާތްތަކަށް ހަަމަލާދެމުން." ރައީސު ޒެލްންސްކީ ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ހަނގުރާމައިގެ މައިދާނުން ލިބޭ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ރަޝިޔާ ސިފައިން މިހާރު ދަނީ ވެރިރަށް ކިޔީވް ހިފުމަަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ކިޔީވްގެ މަގުތައް މަތީގައިވެސް ހަމަލާ ބަދަލުކުރެވެމުން އެބަދެއެވެ. ކިޔީވްގެ ދިފާއުގައި ހަނގުރާމަކުރުމަށް ސަރުކާރުން ވަނީ އާއްމުންގެ ގިނަަބަޔަކަށް ހަތިޔާރުދީ ހަނގުރާމައަށް ނެރެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.