ޖަރުމަނުގެ އާއްމު އިންތިޚާބުގައި ޗާންސެލާ މާކެލްގެ ޕާޓީއަށް ކުރި ނުހޯދުނު

ސީޑީޔޫގެ ލީޑަރު އާމިން ލާޝެޓް (ކ) އަދި އެސްޑީޕީގެ ލީޑަރު އޮލާފް ޝޮލްޒް

ޖަރުމަނުގައި އިއްޔެ ބޭއްވި އާއްމު އިންތިިޚާބުގައި ޗާންސެލާ އެންޖެލާ މާކެލްގެ ކްރިސްޓިއަޑް ޑިމޮކްރެޓިކް ޔުނިއަން (ސީޑީޔޫ) އާއި ކްރިސްޓިއަން ސޯޝަލް ޔުނިއަން (ސީއެސްޔޫ) ގެ ކޮންޒާވެޓިވް ކޯލިޝަން ފަހަތަށް ޖައްސާލައި، އިދިކޮޅު ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) އިން ކުރިހޯދައިފިކަމަށް އެގްޒިޓް ޕޯލްއިން ދައްކައިިފިއެވެ. މިއީ އެ ޕާޓީއަށް 2005 ވަނަ އަރަަށް ފަހު ސަރުކާރު އެކުލަވާލުމަށް ލިބޭ ފުރަތަމަ ފުރުސަތެވެ.

އެސްޑީޕީގެ ލީޑަރު އޮލާފް ޝޮލްޒް ވިދާޅުވި ގޮތުގައި ރައްޔިތުން ވަނީ އޭނާގެ ޕާޓީއަށް ވެރިކަން ކުރުމަށް ފުރިހަމަ އަޣުލަބިއްޔަތެއް ދީފައެވެ.

ރަސްމީ ނަތީޖާ އަދި ނުލިބުނު ނަމަވެސް، ވޯޓުލާފައި ނުކުންނަ މީހުން ޚިޔާލު ހޯދައިގެން އަމިއްލަ ބައެއް ޓީވީ ސްޓޭންޝަންތަކުން ހަދާފައިވާ އެގްޒިޓް ޕޯލްގެ ނަތީޖާއިން ދައްކާ ގޮތުގައި މެދު ވާތުފިޔައިގެ އެސްޑީޕީ ވަނީ ވޯޓުގެ %26 ހޯދާފައެވެ. މާކެލްގެ ސީޑީޔޫ/ސީއެސްޔޫ ކޯލިޝަނަށް ލިބުނީ %24.5 ވޯޓެވެ. މި ނަތީޖާއަށް ބުރަވެ، ދެ ފަރާތުންވެސް ބުނަނީ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެމީހުންނަށް ލިބޭނެކަމަށެވެ.

އިދިކޮޅު އެސްޑީޕީން ވޯޓުގައި ކުޑަތަފާތަކުން ނަމަވެސް ކުރި ހޯދާފައިވާކަމަށް ނުރަސްމީ ނަތީޖާތަކުން ދެއްކި ނަމަވެެސް، ޗާންސެލާ އެންޖެލާ މާކެލްއަށް ފަހު ސީޑީޔޫގެ ލީޑަރުކަމާ ހަވާލުވެ ވަޑައިގަތް އާމިން ލާޝެޓް ވަނީ ބަލި ގަބޫލުކުރެއްވުމަށް ދެކޮޅުހައްދަވާފައެވެ.

މިހާތަނަށް ލިބުނު ނަތީޖާތަކުން ސީޑީޔޫގެ ކޯލިޝަން ފަހަތުގައި އޮތީ ވަރަށް ކުޑަ ތަފާތަކުން ކަމުގައި ވިޔަސް، ނަތީޖާތައް ދިސާރާކުރާ ގިނަ ފަރާތްތަކުން ބުރަވާ ގޮތުގައި އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ އެސްޕީޑީއަށެވެ.

އެއްވެސް ޕާޓީއަކަށް ފުރިހަމަ އަޣުލަބިއްޔަތު ހޯދިފައި ނުވާއިރު، އެންމެ ގާތީ ކޯލިޝަން ސަރުކާރެއް އުފެދުމެވެ. އެހެންކަމުން ދެވަނައިގަތް އޮތް ގްރީންސް (ވޯޓުގެ %14.6) އަދި ފްރީ ޑިމޮކްރެޓްސް (ވޯޓުގެ %11.5) އާ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ސީޑީޔޫއަށްވެސް އަދި އެސްޑީޕީއަށްވެސް އެބައޮތެވެ.

އެންޖެލާ މާކެލް ވެރިކަމާ ދުރަށް ޖެހިވަޑައިގަތީ މިޒަމާނުގެ ޖަރުމަނު ދުށް އެންމެ ވަރުގަދަ އެއް ލީޑަރުގެ ގޮތުގައި އެގައުމުގައި 16 އަހަރު ވެރިކަން ކުރެއްވުމަށް ފަހުގައެވެ. މިހާރު އުމުރުފުޅުން 67 އަހަރު ވެފައިވާ މާކެލް ޗާންސެލާ ކަމަށް ވަޑައިގަތީ 2005 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެެވެ. ފަަހަކަށް އައިސް އޭނާއަށް ކުރިމަތިވެވަޑައިގެންފަައިވާ ސިއްހީ މައްސަލަތަކުގެ ސަބަބުން އޭނާ ވަނީ ސީޑީޔޫގެ ލީޑަރުކަން ދޫކޮށްލެއްވާފައެެވެ. އެހެންކަމުން، މިފަހަރު އޭނާގެ ޕާޓީން ވެރިކަމާ ހަވާލުވިޔަސް ޗާންސެލަރަކަށް ވެވަޑައިގަންނަވާނީ ސީޑީޔޫގެ އާ ލީޑަރު އާމިން ލާޝެޓްއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.