ނިއުޔޯކަށް އެނބުރި ވަޑައިގެން ޝާހިދު, މަސައްކަތްޕުޅު ފަށްޓަވައިފި

އައި.ޕީ.ޔޫ އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކަރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.
ނިއުޔޯކަށް ވަޑައިގަތުމަށްފަހު، މިވަގުތު ނިއުޔޯކްގައި ހުންނެވި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މިނާކްޝީ ލޭކީ އާއި އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
އަދި މީގެ އިތުރުން އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު ހުންނަވާ ދައުރުގައި، މިނިސްޓަރ ޝާހިދުގެ ތަރުޖަމާނެއްގެ ގޮތުގައި މޮނިކާ ގްރޭލީ ވަނީ ހަމަޖައްސަވާފައެވެ. މޮނިކާއަކީ މިވަގުތު ޔޫ.އެން ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ. އަދި އޭނާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ މަރިއާ ފެރްނާންދާ އެސްޕިނޯސާ ގެ ތަރުޖަމާނުކަން 2018/2019 ގައި ކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު ރަސްމީކޮށް އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހު (14 ސެޕްޓެމްބަރު) އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.