މަޅުމަތި: ލާދީނީ އޭ ނުގޮވޭނެ

ބުދަ ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ ފެށިއްޖެއެވެ.
އެޖެންޑާގައި އޮތީ ނަފުރަތު ކުޑަ ކުރަން އަޅާނޭ ފިޔަވަޅުގެ ގާނޫނުގެ ބަހުސެވެ.
ބަހުސަށް ހުޅުވައިލުމާއެކު އެކި މެންބަރުން ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ.
އެއް މެންބަރަކު ވިދާޅުވިއެވެ.
ނަފުރަތުގެ އަމަލުތަކަކީ ހުއްޓުވެން ޖެހޭ އަމަލުތަކެވެ.
މީހުން މެރުމާއި ކަޓަރު އެޅުން ހުއްޓުވުމަކީ ވާޖިބެކެވެ.
އަޅުގަނޑުމެންގެ ގައުމު ހަލާކުގެ ތެރެއަށް ނުވެއްޓި ސަލާމަތް ވާނީ އޭރުންނެވެ.
ފުރަތަމަ ބަލަންވީ ނަފުރަތުގެ އަމަލުތައް ފެށޭ ހިސާބެވެ.
ކޮންމެ އަމަލެއްވެސް ފެށެނީ ވާހަކައިންނެވެ.
އެހެންވީމާ ފުރަތަމަ މަނާ ކުރަންވީ ވާހަކައެވެ.
އެހެން މެންބަރަކު ވިދާޅުވިއެވެ.
ވާހަކަވެސް ހުއްޓުވަން ވީއެވެ.
އެޔަށްވުރެ ފުނަށްވެސް ދާން އެބަޖެހެއެވެ.
މީހަކު ވާހަކަ ދައްކާނީ އެޔަށްވުރެ ކުރިން އެހެން ކަމެއްވެސް ކޮށްފައެވެ.
އެއީ ވިސްނުމެވެ.
އެހެންވީމާ ނަފުރަތުގެ ވިސްނުންވެސް މަނާ ކުރަންވީއެވެ.
ތިން ގަޑިއިރަށް ބަހުސު ދިގުދެމިގެން ދިޔައެވެ.
ބަހުސު ނިންމުމަށް ފަހު އަޅާނޭ ފިޔަވަޅަކަށް ވޯޓު ނަގައިފިއެވެ.
އަޅާނޭ ފިޔަވަޅު ފާސް ވެއްޖެއެވެ.

* * *

ބުރާސްފަތި ދުވަހެވެ.
ދިވެހިބަހުގެ އެކަޑަމީގެ ބަސް ކޮމިޓީގެ ޚާއްސަ ޖަލްސާ ފެއްޓިއްޖެއެވެ.
އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމެކެވެ.
ވަރަށް ޚާއްސަ މަސައްކަތެކެވެ.
ކޮމެޓީގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސިޓީފުޅެއް ލިބިއްޖެއެވެ.
ސިޓީފުޅުގައި އެދިވަޑައިގެންފައި އޮތީ މި ދަންނަވާ ބަސްބަހަކީ
ޣައިރުގާނޫނީ ބަސްކަމުގައި ބަސްފޮތުގައި ލިޔެދޭށެވެ.
އެ ބަސްބަހަކީ
އިސްލާމް... ކާފަރު... ލާދީނީ...

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.