އަޙްމަދު ސިޔާމްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު 6 ޖޫން 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިނަކީ ދަންޖައްސަން ޖެހޭ މީހެކޭ، އޭނާ ދަން ޖެއްސިޔަސް ފާފައެއް ނުވާނެއޭ ވިދާޅުވި މައްސަލަ އެމްއެންޑީއެފަށާއި ފުލުހަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވައިފި ކަމުގައި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއުލާނުކޮށްފިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފު ވިދާޅުވި ގޮތުގައި މައްސަލަ ބައްލަވަން ނިންމެވީ މަޖިލީހުގެ އެހެން ބައެއް މެންބަރުންގެ ހާޒިރުގައި އަޙްމަދު ސިޔާމް އެ މޭރުން އެއްޗެހި ވިދާޅުވި މައްސަލަ ޙިސާން ޙުސައިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނެވީމައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.