ޗައިނާގެ އެހީގައި ޕާކިސްތާނުން އުފެއްދި 'ޕާކްވެކް' ވެކްސިން ތައާރަފުކޮށްފި

ޗައިނާއިން އެހީތެެރިކަމާއެކު ޕާކިސްތާނުން ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިން، 'ޕާކްވެކް' އިއްޔެ ތައާރަފުކޮށްފިއެވެ. މިއީ ޕާކިސްތާނުގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލުކުރުމަށް ޕާކިސްތާނުގެ އެކުވެރި އަދި އަވަށްޓެރި ގައުމު ޗައިނާއިން އަސާސީ މާއްދާ (ރޯ މެޓީރިއަލް) ފޯރުކޮށްދީގެން ޕާކިސްތާނުގައި އުފައްދައްދާފައިވާ ވެކްސިނެކެވެ.

ވެކްސިން ތައާރަފުކުރުމުގެ ރަސްމިއްޔާތުގައި ސްޕެޝަލް އެސިސްޓެންޓް ޓު ދަ ޕްރައިމް މިނިސްޓަރ އޮން ނޭޝަނަލް ހެލްތު ސާވިސަސް (އެސްއޭޕީއެމް އޮން އެންއައިއެޗް) ޑރ. ފައިސަލް ސުލްޠާން ވިދާޅުވިި ގޮތުގައި ޕާކިސްތާނުން މަސައްކަތްކުރަނީ އުނދަގޫ ގޮންޖެހުންތަކާއި ކުރިމަތިލައި އެ ގޮންޖެހުންތައް ފުރުސަތުތަކަކަށް ބަަދަލުކުރުމަށެވެ. އެހެނަސް، އެއީ ފަސޭހަ ކަމެއް ނޫން ކަމުގައެވެ.

"ކޮވިޑްގެ ގޮންޖެހުމުން އަރައިގަތުމަށް (ކުރާ މަސައްކަތުގައި) އަހަރުމެންގެ ރަހްމަތްތެރި ޗައިނާ އަހަރުމެންނާ އެންމެ ގާތުގައި ވާތަން މިފެންނަނީ." ޑރ، ފައިސަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޗައިނާއިން އަސާސީ މާއްދާ ދިން ނަމަވެސް ވެކްސިން އުފެއްދުމުގެ މަސައްކަތަކީ އުނދަގޫ މަސައްކަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗް) ގެ އެގްޒެކަޓިވް ޑިރެކްޓަރ މޭޖާ ޖެނެރަލް ޕްރޮފެސަރު އާމިރް އިކްރާމް ވިދާޅުވި މިވަތުވެސް ވެކްސިންްގެ 1 ލައްކަ 20 ހާސް ޑޯޒް ބޭނުންކުރެވޭ ވަރަށް ތައްޔާރުކުރެވިފައިވާ ކަމުގައެވެ. އަދި 9 ލައްކަ ޑޯޒް ހަދަން ބޭނުންވާ އަސާސީ މައްދާ ލިބިފައިވާ ކަމުގައެވެ. އަދި އެ އިންސްޓިއުޓްގެ ލަނޑުދަނޑިއަކީ ކޮންމެ މަހަކު ވެކްސިންގެ 3 މިލިއަން ޑޯޒް އުފެއްދުމެވެ. އަދި ފަހުން އަމިއްލައަށް އަސާސީ މާއްދާ އުފެއްދޭ މިންވަރަށް އެތަން ތަރައްގީކުރުމެވެ.

ޕާކިސްތާނުން އިއްޔެ އެގައުމުގެ އަމިއްލަ ވެކްސިން ތަރާފަރު ކުރިއިރު އެގައުމުގައި ކޮވިޑް-19 ޖެހޭ މިންވަރު ވަނީ ދަށްވާން ފަށާފައެވެ. ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި ފުރަަތަމަ ފަރަހަށް އިއްޔެ ވަނީ ޕްޒިޓިވްވާ ރޭޓު 4 އަަށްވުރެ ދަށަށް ގޮސްފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގަމުގައި ޕޮޒިޓިވް ވެފައި ވަނީ 1771 މީހުންނެވެ. މިއާއެކު ޕާކިސްތާނުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9 ލައްކަ 22 ހާހަށް އަރާފައެވެ.

އިއްޔެ ޕާކިސްތާނުން ވެކްސިން ތައާރަފުކުރި އިރު، އިއްޔެ އެގައުމަށް ވަނީ ސިނޮފާމް ވެކްސިންގެ 5 ލައްކަ ޑޯޒު ލިބިފައެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ފާއިތުވި ހަފުތާގައި އެގައުމަށް ވަނީ ފައިޒާ ވެކްސިންގެ 1 ލައްކަ ޑޯޒް ލިބިފައެވެ. އަދި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އިން ވަނީ ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.