ދިރާގު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ!

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ގޭގައި ތިބެން ޖެހިފައިވައި މި ދުވަސްވަރު ދިރާގުންވަނީ ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރ ތަކެއް ދިރާގު ކަސްޓަމަރުންނަށް ހަމަޖައްސައިދީފިއެވެ.

އެގޮތުން މިއަދު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންގެ ޕެކޭޖްތަކަށް ލިބިގެންދާ ޑޭޓާގެ އިތުރަށް އެއްވެސް ހަރަދަކައިނުލާ ހިލޭ ޑޭޓާ މި ޖޫންމަހަށް ވަނީ ދެވިފައެވެ. އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް %30 ހިލޭ އިތުރު ޑޭޓާ ލިބިގެންދިޔައިރު، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އައި ދެމެދުގެ ހިލޭ ޑޭޓާ ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ލިބިގެން ދިޔައިރު ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30% ހިލޭ އިތުރު އެލަވަންސް ވަނީ މި ޖޫންމަހަށް ފޯރުކޮށްދީފައެވެ.

މިދުވަސްވަރަކީ ގޭގައި ތިބެގެން ގިނަބަޔަކު އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރެއްކަމުން  އިތުރަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތޮން 27 މޭ އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ނަންގަވާ ބޫސްޓަރ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސްވަނީ އިތުރު ހިލޭ ޑޭޓާ ދޭންފަށާފައެވެ.

ބޫސްޓަރ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ލިބޭ އިތުރު ހިލޭ ޑޭޓާ

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.

މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުންވެސް ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބިގެން ދާ އިރު، %200 އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރަށްވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެއެވެ.

ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓަރ އެކްޓިވޭޓް ކުރަށްވައިގެން %100 އިތުރު އެލަވަންސް ލިބިގެންދާނެއެވެ.

ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ބޫސްޓަރތަކުން 100% އިތުރު އެލަވަންސް ށް ލިބިގެންދާނެއެވެ.

ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރަށްވާ ޕެކޭޖްތަކުން %30 އިތުރު ހިލޭ ޑޭޓާ އަލަވަންސް ލިބިގެންދާނެއެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮން ތަކުން %30 ހިލޭ އުތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން 30 ޖޫން 2021 ގެ ކުރިން އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮންތަކަށް 50% ޑިސްކައުންޓް ލިބިގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.