ގއ. ވިލިނގިލީގައި 10 ގަޑިއިރުގެ ކާފިއު އިއުލާނުކޮށްފި

Photo credit: GA. Villingili Twitter account

ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ރޭގަނޑު 6.00 އިން ފެށިގެން ފަތިހު 4.00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުމެއުޅުން މަނާކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 26 އާ ހަމައަށް ގާއިމުކުރާ ކުއްލި ހާލަތުގައި ބައެއް ކަންތައްތައް މުޅީން މަނާވާނެއެވެ. އޭގެ ތެރޭގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމާއި އެއް ގެއިން އަނެއް ގެއަށް ދިއުން ހިމެނެއެވެ. މީގެ އިތުރަށް ކާފިއު ގަޑި ނޫން ގަޑިތަކުގައިވެސް އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާއްމު ތަންތާނގައި އުޅުމަކީ މަނާ ކަމެކެވެ. ސެލޫންތަކާއްި ޖިމްތަކާއި ބޯކޮށަތަންތަން ހުންނާން ވާނީ ބަންދުކޮށްފައެވެ. ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން މަނައެވެ.

ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭއިން އާއްމުކޮށްފައިވާ މިންގަނޑާ އެއްގިޮތަށް ޚިދުމަތް ދިނުން ހުއްދައެވެ. ފިހާރަތަކުންވެސް އެ މިންގަނޑާ އެއްގޮތަށް ޚިދުމްތަ ދިނުން ހުއްދައެވެ.

ކިޔަވައިދޭ ތަންތަނަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން މަނައެވެ. ހޮޓާތަކާއި ރެސްޓޯރަންޓާއި ކެފޭތަކާއި ކާބޯތަކެތީގެ ކިދުމަތްދޭ އެހެން ތަންތަނުގައި ތިބެގެން ކައިބޮއިހެދުން މަނައެވެ. އެފަދަ ތަންތަނުން ކާބޯތަކެތި ވިއްކުން ހުއްދައެވެ. އަދި ގޭގެއަށް ގެންގޮސްދިނުންވެސް ހުއްދައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.