ރައީސް ނަޝީދަށް ދިން ހަމަލާގެ އަވަސް ތަހްޤީޤެއް ހިންގުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި

ވެރިކަންކުރާ ޕާޓީގެ ރައީސް އަދި  ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ނުރައްކާތެރި ހަމަލާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުށްވެރިކޮށްފިއެވެ.

އިދިކޮޅި ޕީޕީއެމް/ޕީއެސްސީ އިން ނެރުނު ބަޔާނެއްގައި ވަނީ މިޚަބަރު އެކޯލިޝަނުން އެހީ ކުއްލި ޙައިރާންކަމާއި އަސަރާއެކުކަމަށެވެ. އަދި މިޙަމަލާގެ ހަޤީޤަތް ހޯދައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިދިކޮޅު ކޯލިޝަނުންވަނީ ގޮވާލާފައެވެ. މިއަނިޔާވެރި ޢަމަލު ޕީޕީއެމް ގެ ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ ރައީސް ރައީސް ޔާމީންނާއި ކޯލިޝަންގެ ވެރިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

މިޢަމަލު ހިންގި ބަޔަކު ހޯދައި ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށްވެސް އިދިކޮޅު ކޯލިޝަނުންވަނީ ގޮވާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.