އެންމެ ކުޑަވިޔަސް 60 އިންސައްތައިން މާލޭ މޭޔަރުކަން އަނަސް ކާމިޔާބު ކުރައްވާނެ: ރައީސުލްޖުމްހޫރިއްޔާ

މިއަދު މި ބާއްވާ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ވަރަށް ބޮޑުތަނުން ކާމިޔާބު ކުރައްވާނޭ ކަމަށާއި އެންމެ ކުޑަ ވިޔަސް ފަސްދޮޅަސް އިންސައްތައިން މާލޭ މޭޔާރުކަން އެމްޑީޕީގެ ކެންޑިޑޭޓު އަނަސް ޢަބްދުއްސައްތާރު ކާމިޔާބު ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ،

މީގެ ކުރީގެ އިންތިޚާބުތަކާ ޚިލާފަށް މިއަދުގެ ވޯޓުލުމުގައި އަދި މީހުންގެ ބައިވެރިވުން ފެންނަނީ ކުޑަކޮށެވެ. އެހެން އިންތިޚާބުތަކުގައި ހެނދުނުގެ މި ގަޑިއަކީ މީހުން ގިނަ ކިޔޫތައް ދިގު ގަޑިއަކަށް ވެއެވެ.

"ރާއްޖޭގެ އަތޮޅުތަކުގެ ހިނަގުމާއި ރާއްޖޭގެ މުޅި ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެ ނަތީޖާއާއެކު." ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި މި ފަހަރު ދިމާވެފައި މި ވަނީ ވޯޓުލާން ނުކުތުން އުނދަގޫ ދުވަސްވަރަކާއެވެ. އެކަމަކުވެސް ވީހައިވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށް އިލްތިމާސް ކުރެެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.