ޒާހިލް ނިޔާވެއްޖެ

ހަށިގަނޑުގައި އުފެދުނު އިންފެކްޝަނަކާއި ގުޅިގެން ވަރަށްގިނަ ވޭންތަކެއްގައި އުޅުމަށް ފަހު އިބްރާހިމް ޒާހިލް އިންޑިޔާގައި ފަރުވާ ކުރަމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ޒާހިލް ނިޔާވިއިރު އޭނާއަށް ފަރުވާ ކުރަމުން ދިޔައީ އިންޑިޔާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުގައެވެ. ވަރަށްގިނަ ދިވެހިންގެ ދީލަތި ބޮޑެތި އެހީތަކެއް ޒާހިލްގެ ބޭސްފަރުވާއަށް ލިބިގެންދިޔައިރު އޭނާ ނިޔާވިއިރު އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ނިކަމެތި ވެފައެވެ. ހަށިގަނޑުގައި އުފެދިފައިވާ އިންފެކްޝަނުގެ ސަބަބުން ނުކެވޭތީ ޒާހިލްއަށް ކާންދެމުން ދިޔައީ ގޮހޮރަށް ހޮޅިއެއް ގުޅައިގެންނެވެ.

ޒާހިލްއަށް ހެޔޮއެދޭ އެތައް ބަޔެއްގެ އެހީގައި އޭނާއަށް ވަނީ ބެންކޮކުންވެސް ފަރުވާ ދީފައެވެ. ނަމަވެސް ހަށިގަނޑުގެ ބަރުދަން ލުއިވަމުން ދިޔުމުން ބެންކޮކުން ކުރެވެން އޮތް ފަރުވާ ފުރިހަމަ ނުކުރެވުމުގެ ސަބަބުން ޒާހިލް ގޮވައިގެން މާލެ އައިތާ ގިނަ ދުވަސް ތަކެއްނުވެ އޭނާ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައެވެ.

ރާއްޖެއިން އިތުރު ފަރުވާއެއް ދެވެން ނެތުމުން އިންޑިޔާގެ ކޮޗިންގއަށް ގޮސް ފަރުވާ ކުރަންފެށި ފަހުންވެސް ޒާހިލްގެ ހާލު ދިޔައީ ދުވަހެއް ދުވަހެއް ދަށަށެވެ. އެހެންވެ ޑޮކްޓަރުން ތިބީވެސް އުންމީދު ކަނޑާލައިގެންނެވެ. އުމުރުން 18 އަހަރުގެ ޒާހިލް ނިޔާވިއިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ 15 ކިލޯއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.