ކޮވެކްސް ޕްްރޮގްރާމްގެ ދަަށުން ނައިޖީރިއާއަށް 4 މިލިއަން ޑޯޒް ވެކްސިން ލިބިއްޖެ

ދުނިޔޭގެ ފަގީރު އަދި މެދު ފަންތީގެ ގައުމުތަކަށް ވެކްސިން ލިބޭނެ ގޮތް ހެދުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިސް ނަގައިގެން ހިންގާ 'ކޮވެކްސް' ޕްރޮގްރާމުގެ ދަށުން ނައިޖީރިޔާއަށް ކޮވިޑް-19 ވެކްސިންގެ 4 މިލިއަން ޑޯޒް ލިބިއްޖެއެވެ. 200 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ނައިޖީރިޔާއަކީ އެފްރިކާގެ އެންމެ މީހުން ގިނަ ގަައުމެވެ.

ނައިޖީރިޔާގެ ވެރިރަށް އަބޫޖާއަށް އިއްޔެ ގެންދިޔަ ޝިޕްމަންޓަކީ އެފްރިކާގެ ގައުމަކަށްް ކޮވެކްސް އިން ފޮނުވި 3 ވަނަ ޝިޕްމަންޓެވެ.

ކޮވެކްސް ޕްރޮގްރާމުގައި ޑަބްލިޔުއެޗްއޯ، އިންޓަނޭޝަނަލް ވެކްސިން އެލާޔަންސް ގަވީ އަދި ކޯލިޝަން ފޯ އެޕިޑެމިކް ޕްރެޕެއަޑްނެސް އިނޮވޭޝަންއާއެކު ބައިވެރިވާ އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން ބުނި ގޮތުގައި އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ އާސްޓްރާޒެނެކާ ވެކްސިން އަބޫޖާއަށް ގެންގޮސްފައި ވަނީ އިންޑިޔާގެ މުމްބާއީންނެވެ.

"ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވަމުން ދިޔަ ހުރަސްތަކަށް އަހަރެއް ވީފަހުން، މިއަދު އަހަރުމެން މި ފާހަަގަކުރަނީ ނައިޖީރިޔާއަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރެވުުނު މަސައްކަތް. ނައިޖީރިޔާގެ 1 ލައްކަ 50 ހާހަށްވުރެ ގިނަ މީހުނަށް ކޮވިޑް-19 ޖެހި، 1800 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ބަލިން އަރައިގަތުމަަށް ކުރާ ދަތުރު އެންމެ ފަހުން ފަށައިގެނެވެނީ." ނައިޖީރިޔާގައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޕީޓާ ހޯކިންސް ވިދާޅުވިއެވެ.

ކޮވެކްސް ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ފޮނުވާފައި ވަނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ ގާނާއަށެވެ. 31 މިލިއަން މީހުންގެ އާބާދީއެެއް އޮންނަ ގާނާއަށް ފާއިތުވި ބުދަ ދުވަހު އާސްޓްރާޒެނެކާ ވެކްސިންގެ 6 ލައްކަ ޑޯޒް ލިބިފައިވާއިރު، އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް އިއްޔެ ވަނީ ފަށާފައެވެ. މިމަހު 15 އާ ހަަމައަށް މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ގާނާގައި 80 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވާއިރު، 582 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮވްކްްސްގެ ވެކްސިން ލިބުނު ދެވަނަ ގައުމަކީ ހުޅަނގު އެފްރިކާގެ ކޯޓް ޑިއިވޯރ (އައިވަރީ ކޯސްޓް) އެވެ. 26 މިލިއަން މީހުންގެ އާބާދިއެއް އޮންނަ އެ ގައުމަށް 5 ލައްކަ 4 ހާސް ޑޯޒް ވެކްސިން ލިބިފައި ވާއިރު، ހޯމަ ދުވަހު އެގައުމުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމު ވަނީ ފަށާފައެވެ.

މިއަަހަރުގެ ފުރަތަމަ ތިން މަސް ނިމުމުގެ ކުރިން އެފްރިކާގެ ގައުމުތަކަށް 90 މިލިއަން ޑޯޒް ފޮނުވޭނެކަމަށް ކޮވިކްްސްއިން އުއްމީދުކުރެއެވެ. ކޮވިކްސް ޕްރޮގްރާމުގައި ދުނިޔޭގެ 92 ގައުމަކުން ބައިވެރިވެފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.