ރާއްޖެއިން ކޮވިޑް ވެކްސިން ދިން މީހުންގެ ޢަދަދު 123,665 އަށް އަރައިފި

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއިން ދިން މީހުންގެ ޢަދަދު 123,665 އަށް އަރައިފިއެވެ.

މިއަދު އިރުއޮއްސި 6:00އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ވަނީ 6,550 މީހުންނަށް އަލަށް ވެކްސިން ދީފައެވެ. އެއީ  މާލެ ސަރަޙައްދުން  ވެކްސިން ދިން 2,105 މީހުންނާއި އަތޮޅުތަކުން ވެކްސިން ދިން 4,445 މީހެކެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 44,309 އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަކީ 79,356 އެވެ.

ރާއްޖެއިން ކޮވިޑް ވެކްސިން ދޭންފެށީ ނިމިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. 200,000 ޑޯޒް ކޮވިޝީލްޑް ވެކްސިން އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. މިހަރު ރާއްޖޭގައި ދެމުންދަނީވެސް މިވެކްސިނެވެ.

ސަރުކާރުގެ އަމާޒަކީ ފެބްރުއަރީ 1 އިން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ވެކްސިން ޖަހައި ނިންމުމެވެ. ދިވެހިރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ސަރުކާރުން އަންނަނީ ހިލޭ ވެކްސިން ދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.