އިތުރު 5،700 މީހުން ރާއްޖެއިން ކޯވިޑް ވެކްސިން ޖަހައިފި

އިތުރު 5،700 މީހުން ރާއްޖެއިން ކޯވިޑް ވެކްސިން ޖަހައިފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ގިނައީ  އަތޮޅުތަކުގެ ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހިމީހުންނެވެ.

މިދިޔަ 24ގަޑިއިރު އަތޮޅުތަކުން 3،612މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހީ 2،088 މީހެކެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 39،864އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދަ77،251 އެވެ. މިހާތަނަށް ޖުމްލަ 117،115 މީހުންނަށް ރާއްޖެއިން ވެކްސިން ދީފައިވެއެވެ .

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.