ރޭގަނޑު 8 ޖަހާއިރު ހޮޓާތައް ބަންދުކުރާގޮތަށް ހަމަޖައްސައިފި

ކޯވިޑް ފެތުރޭ ހަލުވިމިނަށް ބަދަލެއް ނައިސް ބަލިޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންދާނީ މާލޭ ސަރަހައްދުގައި ރެސްޓޯރަންޓު، ކެފޭ ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8 ޖަހާއިރު ބަންދުކުރާ ގޮތަށް އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމުގައި ވާގޮތުގައި މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅުގައި ހިންގާ ރެސްޓޯރަންޓާއި ކެފޭތަކުގައި ކެއުންބުއިމުގެ ހުއްދަ އޮންނާނީ ކޮންމެ ރެއެއްގެ 8 ޖަހަންދެނެވެ.  އެކަމަކު މިހާރުވެސް އޮންނަ ގޮތަށް ރޭގަނޑު 10.30 ވާންދެން ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދިނުން ހުއްދަވާނެއެވެ. މި އަމުރަށް އަމަލު ކުރަން ފަށާނީ ހޮނިހިރު ދުވަހުއެވެ. މުއްދަތަކީ ހަތް ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.